67 މިލިއަން ރުފިޔާގެ ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ ވަގަށް ސިނގިރެޓް ނެރުނީ ދެ ބޮންޑެޑްވެއާހައުސްއިން ކަމަށެވެ. އެއީ އެކްސޯޓިކް އެންޓަޕްރައިސްގެ އިތުރުން އެސްޖީއެމް ބޮންޑެޑްވެއާ ހައުސްއިން ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.
އެ މައްސަލައިގެ ތަހުގީގު ކަސްޓަމާ ފުލުހުން ގުޅިގެން ފަށައިފައިވާ ކަމަށް ވެސް ކަސްޓަމުން ބުނެފައި ވެއެވެ. ކަސްޓަމުން ބުނީ، އެކްޒޯޓިކުން 565 ކޭސް އަދި އެސްޖީއެމުން 380 ކޭސް ސިނގިރެޓް ބޭރުކޮށްފައިވާ ކަމަށެވެ.
އެ ދެ ބޮންޑެޑް ވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 67 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދަން ބަންޑާރަ ނައިބު އޮފީހަަށް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.
އެ މައްސަލައިގައި ދެ ބޮންޑެޑް ވެއާ ހައުސްގެ ރަޖިސްޓްރީވެސް ވަނީ ބާތިލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު