ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލޭންޑް އޭވިއޭޝަނަށް ޔޫރަޕުގެ ފްލައިޓުތައް މަރާމާތު ކުރުމުގެ ހުއްދަ ލިބިއްޖެއެވެ.
އައިލޭންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) ގެ ޕާޓް-145 ސެޓުފިކެޓު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. މިއީ މި ސެޓުފިކެޓު ރާއްޖޭގެ ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
އީއޭއެސްއޭ ޕާޓް-145 އެޕްރޫވަލްގެ ދަށުން އައިލެންޑް އޭވިއޭޝަނަށް ޔޫރަޕްގައި ރަޖިސްޓްރީކޮށްފައިވާ އެއާކްރާފްޓްތަކަށް ސީދާ މެއިންޓަނަންސްގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ލިބޭނެއެވެ.
މިއީ އެ ކުންފުނިން ހާސިލްކުރި ޕާޓް 145 ގެ 12 ވަނަ ސެޓްފިކެޓް ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މި ކާމިޔާބީ އާ ގުޅޭގޮތުން އެ ކުންފުނީގެ ޑިރެކްޓަރ އޮފް އިންޖިނިއަރިންގ އޮޕަރޭޝަންސް، މުޙައްމަދު ޙަސަން ވިދާޅުވީ މި ސެޓުފިކެޓަކީ ކުރިއަށް އޮތް ތަނުގައި އެއާލައިނަށާއި ފަސިންޖަރުންގެ ކުރިއެރުމަށް ލިބުނު އެހީތެރިކަމެއް ކަމަށެވެ.
މީގެ އިތުރުން، މިހާރުގެ އެއާލައިން ޕާޓްނަރުންނަށް ސެޓުފިކެޓު ލިބިފައިވާ މެއިންޓަނަންސް ހިދުމަތްތަކާއި އޮން-ސައިޓް ސަޕޯޓްގެ ފައިދާ ލިބޭނެ ކަމަށާއި، އޮޕަރޭޝަންތަކުގެ ތެރެއިން އެއާކްރާފްޓަކަށް ދިމާވެދާނެ އެއްވެސް މައްސަލައެއް އަވަހަށް ހައްލުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޙަސަން އިތުރަށް ވިދާޅުވީ، މި އެޕްރޫވަލްގެ ސަބަބުން މޯލްޑިވިއަންގެ އެއާކްރާފްޓް އިންޖިނިއަރުންނަށާއި، މެކޭނިކުން އަދި އޭވިއޭޝަން ދާއިރާގެ އެހެނިހެން މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އައިއޭއެސްއެލްގެ އިންޖިނިއަރިންގ އިން ދަނީ މިހާރުވެސް ފުޅާ ދާއިރާއެއްގައި މެއިންޓަނަންސް ސަޕޯޓް ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނިން މެއިންޓަނަންސްގެ ހިދުމަތް ފޯރުކޮށްދޭ އެއާކްރާފްޓްތަކުގެ ތެރޭގައި އެއާބަސް އޭ320 އާއި، އޭ330 އާއި އޭ350 އާއި ބޮއިންގ 737، 767، 777 އަދި 787 ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު