ޑްރައިވަރުންގެ ހައްގުތައް ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ރާއްޖޭގެ ޑްރައިވާސް އެސޯސިއޭޝަނުން ބުނެފިއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންނާއި އެ ދާއިރާގެ އެންމެހާ ފަރާތްތަކުގެ ކަންބޮޑުވުންތައް އެއްފަރާތްކޮށް، ޓެކްސީ ފްލީޓެއް ފަށަން ސަރުކާރުން ނިންމުމަކީ އެ ދާއިރާގެ މިނިވަންކަމާއި، މަސައްކަތްކުރާ އެންމެންގެ ހައްގުތަކާމެދު ވިސްނާލުމެއްނެތި ސަރުކާރުން ކޮށްފައިވާ ކަމެއް ކަަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.
އަދި މިކަން ކޮށްފައިވަނީ އެއްވެސް ކަހަލަ މަޝްވަރާއަކާ ނުލައި ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ވަނީ މި ނިންމުމަކީ މިފަދަ ޓެކްސީ ފްލީޓެއް ތައާރަފް ނުކުރާނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރ ދެއްވި ޔަގީންކަމާ މުޅިން ހިލާފު ކަމެއްކަންވެސް ފާހަަގަ ކޮށްފައެވެ.
އަދި މިކަމުގެ ސަބަބުން ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި، ކާރުތައް ދޫކުރާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ނިކަމެތިވެ، ކުދި ވިޔަފާރިތައް ހީނަރުވެގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ. އަދި މި ދާއިރާގެ އިންސާފުވެރިކަމާއި ވާދަވެރިކަން ނެތިގެންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ މިކަމުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ޓްރާސްޕޯޓް މިނިސްޓްރީއާއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ނަމަވެސް މިކަމުގައި ދެފުށް ފެންނަ ގޮތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އެއްބާރުލުން ދީފައި ނުވާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
މި ދާއިރާގައި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ހައްގަށް އަރައިގަނެ މިފަދަ ނިންމުމެއް ނިންމި ސަބަބު ސާފުކޮށްދިނުމަށްވެސް އެ ޖަމިއްޔާއިން އެދިފައި ވެއެވެ. އަދި ސަރުކާރުގެ މި ނިންމުން އަލުން މުރާޖައާ ކުރުމަށްވެސް ޑްރައިވާސް އެސޯސިއޭޝަނުން އެދިފައިވެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ބުނެފައިވަނީ ޑްރައިވަރުންގެ ހައްގުތައް ހޯދަން ކުރަން ޖެހޭ މަސައްކަތްތަކުގައި އާންމުންނާއި ޓެކްސީ ޑްރައިވަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، މި ބޭއިންސާފާ ދެކޮޅަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަަވަޅުތައްވެސް އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު