ގޮތް ހުސްވެ، މަޖުބޫރުވުމުން ނިރުބަވެރި އިސްރާއީލު އަސްކަރިއްޔާ ލުބުނާނުގެ ސަރަޙައްދުތަކުން ފައިބަން ތައްޔާރުވެއްޖެއެވެ.

އެމެރިކާ އާއި ފަރަންސޭސި ވިލާތް މެދުވެރިވެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލުބުނާނުގެ ސަރަޙައްދުތަކުން ބޭރުވެ އެތަންތަން ލުބުނާނާ ޙަވާލުކުރެވޭނެ ކަމަށް އިސްރާއީލުގެ ސަލާމަތީ އިސް އޮފިޝަލަކު ބުނެފިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ އަސްކަރިއްޔާ 60 ދުވަހުގެ ތެރޭގައި އަނބުރާ ގެންދަން ޖެހެއެވެ. އަދި ލުބުނާނުގެ އަސްކަރިއްޔާ އެ ސަރަޙައްދުތަކުގައި އދ. ގެ ސުލްޙަ ސަލާމަތްކުރާ ބާރުތަކާއެކު މަސައްކަތްކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ މުއްދަތު ފެބްރުއަރީ 18 އާ ހަމައަށް މިހާރު އިތުރުކޮށްފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މި މުއްދަތުގެ ތެރޭގައި ހިޒްބުއްލާވެސް އިސްރާއީލާ ދެމެދުގައިވާ ސަރަޙައްދުން އެ ޖަމާޢަތުގެ ބާރުތައް އަނބުރާ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"އަހަރުމެން މިހާރުވެސް ތިބީ އެމެރިކާގެ ބެލުމުގެ ދަށުން ވެވުނު އެއްބަސްވުމާ އެއްގޮތަށް. އަދި ލުބުނާނުގެ އަސްކަރިއްޔާއާ ޒިންމާ ޙަވާލުކުރުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް އެމެރިކާއާއެކު ގާތުން މަސައްކަތްކުރަމުން މިދަނީ،" އިސްރާއީލުގެ އޮފިޝަލް ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން