ޖެހުނު ކޮންމެ ތަނަކަށް ކުނި ނާޅައި ފަރުދީ ޒިންމާ އަދާކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ "ރޯދަ ސާފު" ހަރަކާތާއި ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެޙަރަކާތާ ގުޅިގެން އާދަމް ޝަރީފް ވަނީ ހުރިހާ ފަރާތްތަކުންވެސް ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށް ގޮވާލައްވާފައެވެ. އަދި ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
“ސާފުތާހިރު ކަމަކީ ފަރުދީ ކަމަކަށް ހަދަމާތޯ!” އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އާދަމް ޝަރީފް ވަނީ ރޯދަ ސާފު ޙަރަކާތް ޕަބްލިކް ވަރކްސްގެ އަތޮޅުތަކުގެ ސައިޓްތަކާއި ބައެއް ކައުންސިލްތަކުންވެސް ކުރިއަށް ގެންދަވާކަން ފާހަގަ ކުރަށްވާފައެވެ.
އޭގެއިތުރުން މި ޙަރަކާތުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް އާދަމް ޝަރީފް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު