ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިންމާލުމަށް ގޮވާލެއްވުމުން ޔޫކްރޭނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ނުކުމެއްޖެއެވެ.
ޔުކްރެއިނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން މިހާރު ބޭނުންވަނީ މި ހަނގުރާމަ ހުއްޓުމަކަށް ގެނެސް އެގައުމުގެ މައުދަންގެ މުއްސަނދިކަން ފޭރިގަތުމަށެވެ. އެހެންނަމަވެސް އެ ފުރުސަތު އެމެރިކާއަށް ނުދޭނެ ކަމަށް ޔުކްރެއިންގެ ރައީސް ޒެލެންސްކީ މިހާރު ވަނީ ވިދާޅުވެއެވެ.
"އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދަ ވަޒީރުންނަށް ނުދިނީ އެއްބަސްވުން ތައްޔާރަށް ނެތުމުން. އަޅުގަނޑުގެ ނަޒަރުގައި އެއީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން އަދި އަޅުގަނޑުމެންނަށް ރައްކާތެރިކަމެއް ނޫން،" މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ވާހަކަ ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެސްކީ ވިދާޅުވީ އެމެރިކާގެ ރައީސް ބޭނުންފުޅު ވަނީ ޔުކްރެއިން ރަޝިޔާގެ ހަމަނުޖެހުން އަވަހަށް ނިންމާލައި ސުލްޙަ ވުމަށް ކަމަށާއި އަދި އެމެރިކާގެ އެ އެދުމުގެ ފަހަތުގައި ވަނީ މައުދަންތައް ނެގުމުގެ އެއްބަސްވުން ކަމަށް ދެކޭ ކަމަށެވެ.
އެމެރިކާގެ ރިއާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން ވެސް ޔޫކްރޭނުން ޓްރަމްޕާ އެކު އެގައުމުގެ މައުދަންތައް ނެގުމަށް މަޝްވަރާ ކުރަން ފެށި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ޕޮލިޓިކޯ އިން ބުނާ ގޮތުގައި ސެޕްޓެމްބަރު މަހު ޒެލެންސްކީ ގެ ފަރާތުން ޓްރަމްޕަށް ހުށަހެޅި ޔުކްރެއިންގެ ސުލްހައިގެ ޕްލޭން ކަމަށް ބުނާ ޕްލޭން ގައި ޔުކްރެއިންގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތް ކުރުމުގެ ވާހަކަ ހިމަނާފައި ވެއެވެ.
ޔޫކްރޭންގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓުން ބުނާ ގޮތުގައި އެމެރިކާއިން ގިންތިކޮށްފައިވާ އެންމެ މުހިންމު ނާދިރު މައުދަނުގެ 50 މައުދަންގެ ތެރެއިން 22 މައުދަނެއް ޔުކްރެއިންގައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި، ގްރެފައިޓް، ލިތިއަމް، ޓައިޓެނިއަމް، ބެރިލިއަމް އަދި ޔޫރޭނިއަމް ހިމެނެއެވެ.
މި މައުދަންތަކަކީ، ބެޓެރީތަކާއި ރޭޑަރ ސިސްޓަމްތަކާއި ޑިފެންސް އަދި ޓެކްނޮލޮޖީގެ ސިނާއަތްތަކުގެ މުހިންމު ދާއިރާތަކަށް ބޭނުންވާ މައުދަން ތަކެވެ. އަދި މިއީ ޗައިނާގެ މަޢުދަންތަކަށް އެމެރިކާ ބަރޯސާވުން ކުޑަކުރުމަށް ހޯދަން ބޭނުންވާ މައުދަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު