ދަޢުލަތުގެ ޚަރަދުތައް މިހާރު ހުރިގޮތުން މިއަހަރުގެ ބަޖެޓުން ދެކޮޅު ޖެއްސޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑިމޮކްރެޓްސް ގެ ފައިނޭންސް އެންޑް ޕަބްލިކް އެކައުންޓިންގ ކޮމިޓީގެ ޗެއާރަމަންގެ މަޤާމުގައިވެސް ހުންނެވި އިސްމާއީލް ޒަރިޔަންދު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް މިހާރު ހުރިގޮތުން މިއަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން ދެކޮޅު ޖެއްސޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ މިހާރުވެސް ޑޮލަރުގެ ރޭޓް މައްޗަށް ގޮސްފައި ވުމަކީ އަހަރުގެ ފަހުކޮޅު ސަޕްލިމެންޓަރީ ބަޖެޓެއް ފާސްނުކޮށް ދަޢުލަތުގެ ޚަރަދުތައް މެނޭޖް ކުރުމަށް ދަތިވާނެ ކަމެއްކަން ޒަރިޔަންދު ފާހަގަ ކުރެއްވިއެވެ.
ޒަރިޔަންދު ވިދާޅުވީ ކޮންމެ ކަމެއް ގޯހުން ގޯހަށް ދާން ފެށުމުން ކުރީ ސަރުކާރުގެ ވާހަކަ ދެއްކުމަކީ ޙައްލު ނޫން ކަމަށާއި މި ސަރުކާރަށްވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ނުބައި މިސްރާބަކަށް ފުރޮޅިގެން ހިނގައިދާނެ މަންޒަރު ފެންނަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ކަމުގެ ހުވާކުރެއްވި ދުވަހުވެސް ދައުލަތުގެ ބަޖެޓުގެ ދަރަނި އޮތް މިންވަރު ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވާފައިކަން ޒަރިޔަންދު ފާހަގަ ކުރެއްވިއެވެ.
އޭގެ މާނައަކީ މި ސަރުކާރަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު އޮތް ހިސާބު ވަޒަން ކުރެވިފައި އޮތުން ކަމަށާއި އެހެންކަމުން މާލީގޮތުން ގައުމު ބަނގުރޫޓު ވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް މުއިއްޒު ނަންގަވަން ޖެހޭނެ ކަމަށް ރޭގެ ޕްރޮގްރާމްގައި ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުން ނެގި އިމްޕޯޓް ޑިއުޓީިން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު