ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓުތަކުގައި ރާއްޖެއިން ހައްޖަށްދާ މީހުން ސައުދީއަށް ގެންދަން އެއްބަސްވެއްޖެ އެވެ.
މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޙައްޖު ކޯޕަރޭޝަނާއި ގައުމީ އެއާލައިން، މޯލްޑިވިއަންއާ ދެމެދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލްއެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށްދާ 50 ޕަސެންޓް ހައްޖާޖީން ދަތުކުރާނީ މޯލްޑިވިއަންގެ ބޯޓުގައި ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަހަރުތަކެއް ފަހުން ދިވެހި ހައްޖާޖީންނަށް ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ގައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދާނީ މޯލްޑިވިއަނުން ދާދި ފަހުން ގެނައި ވައިޑް ބޮޑީ އެއާ ކްރާފްޓްތަކުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު