އައްޑޫއަށް ބައިނަލްއަގުވާމީ އިތުރު އެއާލައިންއެއް ގެންނަން މަޝްވަރާކުރުން
އައްޑޫއަށް ބައިނަލްއަގުވާމީ އިތުރު އެއާލައިންއެއް ގެންނަން މަޝްވަރާކުރުން
އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ އިތުރު އެއާލައިނެއް ގެންނަން މަޝްވަރާތަކެއްކުރިއަށް ގެންގޮސްފި އެވެ.

އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ފޭސްބުކުގައި މިއަދު ވަނީ އެ މަޝްވަރާތަކުގެ ތަފްސީލު ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން އައްޑޫގެ އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ގަން އެއާޕޯޓަށް ބައިނަލްއަގުވާމީ އިތުރު އެއާލައިނެއްގެ ހިދުމަތް ފެށުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް ފިރާގު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދުއާއި އެ އެއާޕޯޓޫގެ މެނޭޖްމަންޓްގެ ޓީމުން ބައިވެރިވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިވަގުތު އުދުހެނީ ސްރީލަންކަން އެއާލައިންސްއިން އެކަންޏެވެ.

ގަން އިންޓަނޭޝަނަލް އެއަޕޯޓް އިތުރަށް ތަރައްގީކުރުމުގެ ވާހަަކަތައް ކުރީ ސަރުކާރުތަކުން ދެއްކި ނަމަވެސް އޭގެ މާބޮޑު އަމަލީ ސިފައެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން