ޑޮލަރު މާރުކުރުމުގެ ލައިސަންސް ހޯދުމަށް 98 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ބުނީ ޑޮލަރު ގަނެ ވިއްކުމުގެ ލައިސެންސް ހޯދުމަށް މިހާތަނަށް 98 ފަރާތަކުން ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 50 ފަރާތަކީ ކުރިންވެސް ލައިސެންސް އޮފް ފަރާތްތައް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެއްއެމްއޭ އިން ވަނީ އަލުން ލައިސަންސަށް އެދި ހުށަނާޅާތީ ކުރިން ހުއްދަ ދޫކޮށްފައިވާ 212 ފަރާތުގެ ތެރެއިން 163 ފަރާތުގެ ލައިސަންސް ބާތިލު ކޮށްފައެވެ. އަދި އަލަށް ލައިސެންސަށް ހުށައެޅި އެއްވެސް ފަރާތަކަށް މިހާތަނަށް ލައިސެންސް ދޫކޮށްފައި ނުވާނެ ކަމަށްވެސް އެމްއެމްއޭ އިން މަޢުލޫމާތު ދީފައިވެއެވެ.
ހަމައެއާއެކު އެމްއެމްއޭ އިން މިއަދު ވަނީ މިހާރު އެކުލަވާލެވިފައިވާ ބޭރު ފައިސާއާބެހޭ އާންމު ގަވާއިދަށް އާންމުންގެ އެއްވެސް ޚިޔާލެއް އޮތްނަމަ، 23 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ހުށައެޅުމަށްވެސް އެދިފައެވެ.
ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ ޓުއަރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭގޮތަށް ކަނޑައަޅާފައިވާ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 14 ގައެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ބައެއް ވިޔަފާރިވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެކަމުގައި ގިނަ ވިޔަފާރިވެރިން އެއްބާރުލުން ދެމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު