ބޭރު ފައިސާ މާރުކުރުގެ ލައިސަންސް އޮންނަ ފަރާތްތަކަށް ހާއްސަކޮށް މަރުކަޒީ ބޭންކު، އެމްްއެމްއޭއިން ޑިޖިޓަލް ޕްލެޓްފޯމްއެއް ލޯންޗުކޮށްފިއެވެ.
މިއަދު އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަރު އަސްނާ ހަމްދީއެވެ.
"މަނީ ޗޭންޖާ ސިސްޓަމް"ގެ ނަމުގައި ތަރައްގީކުރި އެ ސިސްޓަމް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްތައް ބޭނުންކުރުން މަޖުބޫރުވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ އެ ސިސްޓަމް ފަރުމާކޮށްފައިވަނީ ޓްރާންސެކްޝަންތައް ރެކޯޑްކޮށް ރިޕޯޓްކުރުމުގެ ކަންކަން ފަސޭހަވާނެ ގޮތަށް ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަންއާއެކު ފައިނޭންޝިއަލް ސެކްޓާގެ ނަޒާހަތްތެރިކަން ހިފަހެއްޓިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ލިބެނީ އެމްއެމްއޭއިން ދޫކުރާ ހާއްސަ ލައިސަންސްއެއް އޮންނަ ފަރާތްތަކަަށް އެކަންޏެވެ. އަދި އެމްއެމްއޭގެ ގަވައިދާ ހިލާފަށް ބޮޑޫ އަގުގުގައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ފަރާތްތައް ޖޫރިމަނާކޮށް ލައިސަންސްވެސް ހިފަހައްޓާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު