ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނީ، ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ބާޖެއް ގާތްކުރަނިކޮށް ހުޅުމާލޭ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއްވެ، ވަގުތީ ގޮތުން އެ ޖެޓީ ބަންދުކުރީ 26 މެއި 2026 ގައެވެ. ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެތަން ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން އޭރު ވަނީ ބުނެފައެވެ.

ހުޅުމާލޭ ލަކުޑި ޖެޓީއަކީ އާންމުކޮށް ސަފާރީތަކުން އަންނަ ފަތުރުވެރިންނާއި، ހުޅުމާލޭ ބަނދަރުން ފުރާ ދަތުރުވެރިން ގިނަ އަދަދަކަށް ބޭނުންކުރަމުން އަންނަ މުހިންމު ސަރަހައްދެކެވެ.

ޖެޓީ ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރަށް ދަތިތަކަކާ ކުރިމަތިވާނެތީ، މަރާމާތުގެ މަސައްކަތްތައް ވަރަށް ހަލުވިމަކާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު