މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިންތިޒާމު ކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "ހެލްތު އެކްސްޕޯ 2026" ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިވެރިވެއްޖެއެވެ.
އެޗްޑީސީން ބުނީ، މިއަދު ހަވީރު 5:00 ގައި ސެންޓްރަލް ޕާކުގައި ފެށި މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި އެކްސްޕޯގައި ގާއިމުކުރެވިފައިވާ އެޗްޑީސީގެ ޚާއްޞަ ސްޓޯލުން، އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެއެވެ.
އެޗްޑީސީގެ ސްޓޯލުން އެންމެ ޚާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން، އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި، ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ހިންގަން ރާވާފައިވާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމަށް މައުލޫމާތު ދިނުމާއި، އެ ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި އެކްސްޕޯގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.
އަންނަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް، އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.
މި ހަރަކާތުގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތަކުގެ އިތުރުން ވެސް އިސްރަށްވެހިންނަށް ބޭނުންތެރި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުން ކަމަށެވެ. ހަމައެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް، އަވައްޓެރިންނާއި އިސްރަށްވެހިންގެ އެކަނިވެރިކަން ކުޑަކޮށް، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އަމާޒެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެހެންކަމުން، ހެލްތު އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ސެންޓްރަލް ޕާކުގައި ހުންނަ އެޗްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރައްވައި، "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމާއި އެ ކޯޕަރޭޝަންގެ އިޖުތިމާއީ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އެންމެހައި ފަރާތްތަކަށް އެޗްޑީސީން ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު