މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު، އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއާ ބައްދަލުކުރައްވައި، އިންޑިއާގެ ޔޫޕީއައި އާއި ރާއްޖޭގެ 'ފަވަރަ' ސިސްޓަމް އިންޓަގްރޭޓް ކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މި މަހުގެ 19 ވީ އާދީއްތަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ އާރްބީއައި އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކުތަކަށް ޚާއްޞަކޮށްގެން ބޭއްވި ބައިނަލްއަޤްވާމީ ސެމިނާރ "ސަމްވާދު 2026" ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު މުނައްވަރު ވަނީ ޔޫޕީއައި އަދި ފަވަރަ އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މަޢުލޫމާތު ހިއްސާކުރައްވައި، 2027 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ 'ޕާސަން-ޓު-މާޗަންޓް' (ޕީ2އެމް) ޚިދުމަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ މަގުފަހިވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
މީގެއިތުރުން، އިންޑިއާއިން ރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަރ ހަމަޖައްސައިދެއްވި ކަމަށްޓަކައި ގަވަރުނަރު މުނައްވަރު ވަނީ އާރްބީއައި އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު މުނައްވަރުގެ އަރިހުގައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ރަޝްފާ އަދި ލައިސެންސިންގ ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ޢަބްދުﷲ ނާސިފް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު