މަސް ދަޅު ބަލާ ގޮސް ކިއު ހަދާފައި---
މަސް ދަޅު ބަލާ ގޮސް ކިއު ހަދާފައި---
ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ހަދިޔާގެ ގޮތުގައި ދޭ ދަޅު މަސް ކޭސް މާލޭގައި ބަހަން އިިތުރު ތަނެއް ހަމަޖައްސަން ނިންމައިފި އެވެ.

ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ދޭ ދަޅު މަސް ކޭސް މާލޭގައި ބަހަން ރޭ ބަހަން ފެށިއިރު ގިނަ ބަޔަކު މަސްދަޅު ކޭސް ހޯދަން ކިއުގައި ޖެހިފައިވެއެވެ. މަސް ދަޅު ކޭސް މާލޭގައި ބަހަމުން ދިޔައީ މާލޭ މިފްކޯގެ އޮފީސް ހުންނަ ސަރަހައްދާއި އެމްޓީސީސީ ސޯމިލް، ވިލިމާލޭ ވެމްކޯ ސައިޓް، ހުޅުމާލޭ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލޭ ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރުންނެވެ.

ނަމަވެސް ގިނަ ބަޔަކު އެ ސަރަހައްދުތަކަށް އެއްވުމުން ބޮޑު ކިއުއެއް އޮތެވެ.

ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ރޭ ވިދާޅުވީ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސާނެ ކަމަށެެވެ.

އަދި މާދަމާގެ ކުރިން މަސް ދަޅު ބަަހަން ފަށާނެ އިތުރު ތަނެއްގެ ނަން އާންމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސް ދަޅު ބަހަން ކުރިން ނިންމާފައި އޮތީ މި މަހުގެ 28އާ ހަމައަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މުއްދަތަށް ފަހު ވެސް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. މަސްދަޅު ކިޔޫގައި ތިބެންޖެހޭ ވަގުތު ކުޑަ ކުރުމަށް ކުރެވޭނެ ކަންކަން ބަލައި، އެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން