އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި އެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫސިޓީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ އިން ބުނީ އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ޚިދުމަތަށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން ހަލާކުވި އެއް ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ. އަދި ދެވަނަ ޖަނަރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކައިން ބުނީ ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިންވަނަ ޖަނަރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ހިންގަން ފެށޭނެ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ ރޯދަ މަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށާއި އައްޑޫގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާކަމަށެވެ. އެހެންވެ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ފަށައި، ދެ އަހަރުތެރޭ އަމަލީ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު