ބޭރު އެހެން އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީކޮށް ބޭތިއްބުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިހުތިޖާޖު ކޮށްފައެވެ. މީގެއިތުރުން "އިންޑިއާ އައުޓް" ގެ ނަމުގައި މީސްމީޑިއާ ކެމްޕޭނެއްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ފަށާފައެވެ.
މިކަމާގުޅިގެން ޣައްސާން ވިދާޅުވީ އަލިރަސްގެފާނާއި ޝަހީދު ހުސައިން އާދަމާއި އުތީމު ތިން ބަދަވީން އަދި ދޮންބަންޑާރައިން ޖިހާދު ކުރެއްވީ މި ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަށް ކަމަށެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ގައުމުގެ އިސްތިގުލާލުގެ ހައްގުގައި ޖިހާދު ކުރުމަށާއި ޝަހީދު ވުމަށް ތައްޔާރަށް ކަމަށެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެ ކަމަށެވެ.
ރާއްޖެއަށް އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ބެލެހެއްޓުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ހައިޑްރޮގްރަފީ ހެދުމަށް އިންޑިއާ ސިފައިން ގެންދަނީ ރާއްޖޭގައި ޙަރަކާތްތެރިވަމުންނެވެ. އަދި މިއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިދިކޮޅުން ގެންދަނީ ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއްވެސް ކުރަމުންނެވެ.

Ali rasgefaan aai Hussain Adam shaheed vevadaigathee, utheem thin badhavin adhi dhon bandaarain jihaadh kurevvee mi gaumuge minivankamaa isthiqlaal himaayaih kuravvan. Insha Allah Dhivehin adhuves thiby egothuga thayyaarah. BEYRU EVVES gaumegge sifain mithaa thibeykah nujeheyne. pic.twitter.com/DXCeazcr2k
— Mohamed Ghassan Maumoon (@mgmaumoon) September 4, 2020
ރާއްޖެއަށް އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ބެލެހެއްޓުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ހައިޑްރޮގްރަފީ ހެދުމަށް އިންޑިއާ ސިފައިން ގެންދަނީ ރާއްޖޭގައި ޙަރަކާތްތެރިވަމުންނެވެ. އަދި މިއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިދިކޮޅުން ގެންދަނީ ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއްވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު