ލ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަޒީރު ތޯރިގް ވިދާޅުވީ ލ. އަތޮޅަކީ ގިނަ ފުރުސަތުތަކެއް އޮތް އަތޮޅެއް ކަމަށާއި އެ އަތޮޅުގައި އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢުއާ އެކު ބޭއްވި މި ބައްދަލުވުމުގައި ވަޒީރު މިފަދައިން ވިދާޅުވިއިރު މި ބަައްދަލުވުމުގައި މެންބަރު ޝަފީޢު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް އުފެދިގެން ދިއުމަށް އެ އަތޮޅުގެ ރައްޔިތުން އެދޭކަމަށް ވިދާޅުވެފައެވެ.

މެންބަރު ވިދާޅުވީ އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާގެ ފުރުސަތުތައް އުފެދިގެން ދިއުން ކަމަށެވެ.

މި ބައްދަލުވުމުގައި ލ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއްކޮށްފައި ވެއެވެ.

ލ. އަތޮޅަކީ މި ސަރުކާރުގެ ފުރަތަމަ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ނިސްބަތްވާ އަތޮޅެވެ. އޭނާގެ ވަޒީރުކަމުގައި ވެސް އެ އަތޮޅުގައި ފަތުރުވެރިކަމް ތަރައްގީ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ވެސް އެކި ފަހަރު މަތިން ލ. އަތޮޅަށް ވަޑައިގެން ދާއިރާގެ ސްޓޭކް ހޯލްޑަރުންނާ އެކީ ބައްދަވުންތައް ބާއްވައި މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން