ސްޓެލްކޯގެ މޯބައިލް އެޕަށް ޑީޑޮސް ހަމަލާތަކެއް މިރޭ އަމާޒުވެއްޖެއެވެ.
ސްޓެލްކޯއިން މިރޭ ބުނީ، ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ގައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް ވަނީ އަމާޒުވެފައި ކަމަށެވެ.
އަދި އެ ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑުނު ކަމަށާއި ނަމަވެސް، މިހާރު ވަނީ އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވާފައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެއަށްފަހު މިހާރު އެޕްލިކޭޝަންގެ ހިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައި ވާނޭ ކަމަށާއި މި ކަމާއިގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދޭކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސަރުކާރުން ބަހާ ރޯދަ ހަދިޔާ މަސްދަޅުކޭސް ހޯދުމަށް އިއްޔެ ހުޅުވާލުމުން ގިނަ ބަޔަކު ދިގު ކިއުތައް ހެދިއެވެ. އަދި އެކަމަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން މިހާރުވަނީ ރޯދަހަދިޔާ ހޯދަން ޓޯކެން ހޯދުމަށް ހާއްސަ ޕޯޓަލެއް ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު