ފުނަދޫގައި އޮންނަ ދަށްފަޅު-- ފޮޓޯ/ ރަސް އޮންލައިން
ފުނަދޫގައި އޮންނަ ދަށްފަޅު-- ފޮޓޯ/ ރަސް އޮންލައިން
ށ. ފުނަދޫގެ ދަށްފަޅުގައި އިކޯ ޓޫރިސްޓް ހޮޓަލެއް ނޭޗާ ޕާކަކާއެކު ތަރައްގީކުރަން ނިންމައިފި އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު "ރަސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ އެކަމަށްޓަކައި ބީލަން ރޯދައިގެ ފަހުން ހުޅުވާލާނެ ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ދަށްފަޅު ހިމެނޭ ސަަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދެއް ކަމަށާއި އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތަކާއެކު އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.

"ދަށްފަޅު އޮންނަ ސަރަހައްދުގައި ހެދޭނެ 200 އަށް ވުރެ ގިނަ ކޮޓަރި" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ދަށްފަޅަކީ މުޅި ރާއްޖޭގައި ވެސްް އާދަޔާ ހިލާފު ރީތި މުއްސަނދިކަމެއް ލިބިފައިވާ ސަރަހައްދެކެވެ. އެތަނަށް ކޮންމެ އަހަރަކު ފްލެމިންގޯ ވެސް ޖައްސަ އެވެ.

ދަށްފަޅުގައި އިކޯ ޓޫރިޒަމް ތަރައްގީކުރާއިރު އެ ސަރަަހައްދުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އެއާއެކު ރާއްޖެއިން ބޭރުން އެ ސަރަހައްދަށް އަންނަ ފަތުރުވެރިންވެސް ގިނަވާނެ ކަމަށް ބެލެވެ އެވެ.

ދަށްފަޅުގައި އިކޯ ޓޫރިޒަމް ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އޮތީ ވައުދުވެސްވެ ވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން