ދ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާ ހަވާލުކޮށް، ހެލްތު މިނިސްޓްރީއާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ. އަދި ހެލްތު މިނިސްޓްފީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ.
މި އެއްބަސްވުމުގައި ސޮއި ކުރައްވާފަައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މިހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ މި ހޮސްޕިޓަލަކީ މެމޮގްރަފީ ހިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމަނައިގެން ހަދާ ހޮސްޕިޓަލެއް ކަމަށެވެ.
އަދި މި ހޮސްޕިތަލުގައި ސްޓާފުން ތަމްރީނު ކުރުމަށް ބޭނުންވާ ފެސިލިޓީއަކާއި، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީއަކާއި، ފްލޫ ކްލިނިކަކާއި، އައިސޮލޭޝަން ފެސިލިޓީއެއް ހުންނާނެ ކަމަށްވެސް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލުގައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެއެވެ.
މީގެ އިތުރުން ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓްވެސް މި ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫއުއަކީ 181 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް ހެދުމުގެ އެއްބަސް ވުމުގައި މި ކޯޕަރޭޝަނާއި ސިއްޙަތާބެހޭ ވުޒާރާ އާއި ދެމެދު މިއަދު ވަނީ ސޮއި ކުރެވިފައެވެ. މި އެއްބަސް ވުމުގައި މި ކޯޕަރޭޝަންގެ ފަރާތުންސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރުއެވެ. ސިއްހަތާބެހޭ… pic.twitter.com/wasYyuW5dy
— Road Development Corporation Ltd (@rdcmaldives) February 23, 2025
މި އެއްބަސްވުމުގައި ސޮއި ކުރައްވާފަައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މިހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ މި ހޮސްޕިޓަލަކީ މެމޮގްރަފީ ހިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމަނައިގެން ހަދާ ހޮސްޕިޓަލެއް ކަމަށެވެ.
އަދި މި ހޮސްޕިތަލުގައި ސްޓާފުން ތަމްރީނު ކުރުމަށް ބޭނުންވާ ފެސިލިޓީއަކާއި، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީއަކާއި، ފްލޫ ކްލިނިކަކާއި، އައިސޮލޭޝަން ފެސިލިޓީއެއް ހުންނާނެ ކަމަށްވެސް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލުގައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެއެވެ.
މީގެ އިތުރުން ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓްވެސް މި ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫއުއަކީ 181 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު