ޔޫކްރޭންއަށް ނޭޓޯގެ މެމްބަރުކަން ދޭނަމަ ޔޫކްރޭނުގެ ރިޔާސަތު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނަށް ނޭޓޯގެ މެމްބަރުކަން ދޭނަމަ ރިޔާސީ ދައުރު ދޫކޮށްލާނެ ކަމަށެވެ. އަދި ދިހަ އަހަރު ދުވަހު ރައީސްކަން ކުރުމަކީ އޭނާގެ "ހުވަފެނެއް" ނޫން ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވީ ނޭޓޯގެ މެމްބަރުކަން ލިބި ސުލްހަ ލިބިއްޖެނަމަ މަގާމުން ވަކިވާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށިތާ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އެއްދުވަސް ކުރިން ރަޝިޔާއިން ޔޫކްރޭނަށް ޑްރޯން ހަމަލާތަކެއް ދީފައިވަނިކޮށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ޔޫކްރެއިން-ރަަޝިޔާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކޮށްފައެވެ. ނަމަވެސް ފަހުން މި މަަޝްވަރާތަކުގެ މަގުސަދު މުޅިންހެން ބަދަލުވެ އެމެރިކާއިން ބޭނުންވީ ޔޫކްރެއިންގެ ގުދުރަތީ ވަސީލަތްތައް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރަންފެށިއެވެ. އަދި އެއާއެކު އެމެރިކާ އާއި ޔޫކްރެއިންނާ އޮތް ގުޅުމަށްވެސް ހީނަރުކަން އައެވެ.

ކިޔުންތެރިންގެ ހިޔާލު