ނަސްރުﷲގެ ޖަނާޒާގެ ތެރެއިން--
ނަސްރުﷲގެ ޖަނާޒާގެ ތެރެއިން--
އިސްރާއިލުން ޝަހީދުކޮށްލި ހިޒްބުﷲގެ ލީޑަރު ޝައިހު ނަސްރުﷲގެ ޖަނާޒާ އެތައް މަހެއް ފަހުން ބާއްވައިފި އެވެ.

އިސްރާއިލުން ނަސްރުﷲ ޝަހީދުކޮށްލީ މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު އެވެ.

ނަމަވެސް އިސްރާއިލުން ކެނޑިނޭޅި ދެމުން ގެންދިޔަ ހަމަލާތަކުގެ ސަބަބުން ޖަނާޒާ އޮތީ މިހާތަނަށް ވެސް ނުބާއްވަ އެވެ.

އިއްޔެ ނަސްރުﷲގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވި އިރު އެ ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި 79 ގައުމަކުން ފޮނުވި މަންދޫބުންވެސް ހިމެނެ އެވެ.

އެގޮތުން އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގީރުއާއި ފޮރިން މިނިސްޓަރު އައްބާސް އަރުގުޗީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނަސްރުﷲގެ ފަހުން ހިޒްބުﷲގެ ލީޑަރުކަމަށް އައްޔަނުކުރި ހާޝިމް ސަފީއުއްދީންވެސް އިސްރާއިލުން ޝަހީދުކޮށްލި އިރު ހާޝިމްގެ ޖަނާޒާވެސް އިއްޔެ ބޭއްވީ އެކުއެކީ އެވެ.

އިއްޔެ ޔަމަނުގެ ސަނާގައި ވެސް ވަނީ ނަސްރުﷲއާއި ހާޝިމްގެ މައްޗަށް ކަށުނަމާދުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން