ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ކުރިއަށް އޮތް ތިން މަސް ތެރޭގައި ގޯތި ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕުލޭނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭ ކުރިއަށްގެންދަވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ގުޅީފަޅުގެ ނުހިއްކާ އޮތްތަނުން ގޯތި ލިބުނު ހުރިހާ މީހުންނަށް މިހާރު ހިއްކާފައި އޮތް ބިމުން ގޯތި ހަމަޖެހިގެންދާނެ، ވަރަށް އަވަހަށް ހިއްކާފައި އޮތް ސަރަހައްދުން ލޭންޑް ޔޫސް ޕުލޭނަށް މިގެނައި ބަދަލުގެ ތެރެއިން ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަަމަޖެހިގެންދާނެ، ސުކޫލު ހޮސްޕިޓަލު ހުރިހާ ކަމެއް ގާއިމްވެގެންދާނެ، އެ ހުރިހާ ކަމެއް ހިމެނޭގޮތަށް ނުހިއްކާ އޮތް ސަރަހައްދުގައި ހުރި ގޯތިތަށް ހިއްކި ސަރަހައްދަށް ބަދަލުވެ ކުރިއަށް މިއޮތް ދެތިން މަސްތެރޭގައި ހުރިހާ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށް ނިއްމާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 4000 ފްލެޓާއި ގުޅޭގޮތުން ރައީސް މިރޭ ވިދާޅުވީ ލިސްޓުގައި ހުރި މައްސަލަތައް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހައްލު ކުރެވޭނެކަމަށެވެ. އަދި އެމަނިކުފާނު ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، ރޯދަ މަހުގެ ކުރިޔަށް ލިސްޓު އާންމު ކުރެވިގެން ދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިންހިއްކުމުގެ މަސައްކަތާ ހަވާލުވާނޭކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
އުތުރު ތިލަފަޅަށް އިޝާރާތްކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގޯތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، އެ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވައި، މި އަންނަ އަހަރު ތެރޭ އެ މަސައްކަތް ނިންމަވާނޭކަމަށެވެ. އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު