މަސްވެރިންނާއި އެހެން ފަންނުތަކުގައި މަސައްކަތްކުރާ މީހުންނަށް ރޯދަ އިނާޔަތް ލިބެންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ ދ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ޖަމާކޮށްދެއްވުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކަމަށެވެ. އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެ ދަފްތަރުގައި ޖެހިގެން ބޭންކިން ނިޒާމުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން އެހީތެރިކަން ލިބުން ފަދަ ކަންކަން މަސްވެރިންނަށް މިއަހަރުގެ ތެރޭގައި ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަން ކުރުމަށް މަަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު