މަރްޔަމް ނަހްދާ ވަޙީދު   25 ފެބްރުއަރީ 2025 - 16:20
ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ތެރެއިން- ފޮޓޯ: އާރްޑީސީ
ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ތެރެއިން- ފޮޓޯ: އާރްޑީސީ
ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.

މީދޫގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.



މި މަޝްރޫޢުގެ ދަށުން އެރަށުގެ އެންމެ މުހިންމު ހިދުމަތްތައް ލިބޭ ސަރަޙައްދުތައް ބެލުމަށްފަހު މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އައު މަގުތަކުގައި ތާރު އެޅުމާއި، ހިނގާ ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ އިތުރުން ބައްތި ޖެހުން ހިމެނެއެވެ.

540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރްޑީސީއާ ހަވާލު ކުރެވުނު މި މަޝްރޫއަށް ސަރުކާރުން 58 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ހޭދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން