މަރްޔަމް ނަހްދާ ވަޙީދު   25 ފެބްރުއަރީ 2025 - 18:27
މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން- ފޮޓޯ: އާރްޑީސީ
މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން- ފޮޓޯ: އާރްޑީސީ
މ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށް ދާކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އާރްޑީސީއިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު އެރަށު ސޯސަން މަގުގައި ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މީގެ އިތުރުން އެރަށު އިރުދޭ މަގު އަދި ބަހާރީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް އާރްޑީސީއިން ބުނެފައި ވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި ދުވާރު ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި ދުވާރު ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން