ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައާއި ގުޅިގެން ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.
މާދަމާ ބާއްވާ އަޑުއެހުމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގައި މިހާރުވެސް މެންބަރުން ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވާލުމުގެ ބާރު އޮތްކަމަށްވާތީ އެ ކަމުން ކޯޓުގައި މައްސަލަ ކުރިއަށް ދާއިރު އެކަން ހިނގިޔަ ނުދިނުމަށް މައްސަލަ ކޯޓަށް ވެއްދި، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.
ސުޕްރީމް ކޯޓުން ގާނޫނީ ވަކީލުންނަށް ވެސް މާދަމާގެ އަޑުއެހުމުގެ ދައުވަތު މިހާރު ދީފައިވާއިރު އަޑުއެހުން ފަށަން ހަމަޖެހިފައިވަނީ ހެނދުނު 11:00 ގައެވެ.
ޢަލީ ޙުސައިން ހުށަހެޅުއްވި ވަގުތީ އަމުރަށް އެދޭ މައްސަލައިގައި ބުނެފައިވަނީ ވަގުތީ އަމުރު ނުނެރެފިނަމަ މިހާރު ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެވިފައިވާ ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް އޮތްކަމެވެ.
އަދި އެ މެންބަރުން ވަކިވެއްޖެ ހާލަތެއްގައި އެ ދާއިރާތަކުގައި ބައި-އިލެކްޝަންތައް ބާއްވަންޖެހުމަކީ ދައުލަތުން އުފުލަންޖެހޭނޭ މާލީ ބުރައެއް ކަމަށާއި، އެ ބައ-ިއިލެކްޝަންތައް ނިމި، އެ ދާއިރާތަކަށް އައު މެންބަރުން އިންތިހާބު ކުރެވޭ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ނިންމަވާއިރު، މައްސަލަ ހުށަހެޅިފަރާތުން އެދުނު ގޮތަށް މައްސަލަ ނިމިއްޖެނަމަ، އެކަމުގެ ސަބަބުން އިތުރު ގާނޫނީ މައްސަލަތަކެއް އުފަންވެގެންދާނެ ކަމަށް ވެސް ޢަލީ ޙުސައިންގެ މައްސަލައިގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު