ނ. ހޮޅުދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުންގެ ބަޔަކު ވިޔަސް އިހުމާލު ވެފައިވާނަމަ އެކަން ބައްލަވާނެކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށް އެރަށު ރައްޔިތުން އިހުތިޖާޖު ކުރާތާ މިހާރުވަނީ ދުވަސްތަކެއް ވެފައެވެ. އެރަށު ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ، މަރަށް 6 މަސް ވެފައިވާއިރު ވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ މައްސަލައާއި އޭނާގެ އޮޓޮޕްސީއެއް ފުލުހުން ނުހެދި މައްސަލައެވެ.
ރައްޔިތުންގެ އިހުތިޖާޖުތައް ވަރުގަދަވެފައިވަނިކޮށް، މިއަދު މިނިސްޓަރު އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވަނީ އެ ރަށަށް ވަޑައިގެންފައެވެ. އެ ރަށަށް ވަޑައިގެން ރައްޔިތުން އެއްވެފައިވަނިކޮށް އެތަނުގައި ވާހަކަ ދައްކަވަމުން އިހުސާނު ވިދާޅުވީ، އެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ރައްޔިތުން ގަބޫލު ކުރާތީ އެ މައްސަލަ ބައްލަވާނެކަމަށެވެ.
އަދި އޭނާގެ ހަށިގަނޑު މާލެ ގެންގޮސް، މީގެ ކުރިންވެސް އެތައް އޮޓޮޕްސީއެއް ހަދާފައިވާ ބޭރުގެ ބޭކަލަކު ހަށިގަނޑު ބެއްލެވިކަމަށާއި ނަމަވެސް އޮޓޮޕްސީ އެއް ނުހަދާ ހަށިގަނޑު ރަށަށް ފޮނުވާލުމަކީ ހެދުނު ގޯހެއްކަމަށް އިހުސާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސީން މާ އަވަހަށް ރޫޅާލުމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ރައްޔިތުން ކުރެއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން އިހުސާނަށް ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެ މައްސަލަ އަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ މައްސަލައެއް ކަމަށާއި މައްސަލައިގެ ރިޕޯޓެއް މިހާތަނަށް ވެސް ލިބިފައި ނުވަނީ އެ މައްސަލަ ހިނގާތީކަމަށެވެ.
އަދި އަވަސްއަރުވާލައިގެން ނިންމަން އުޅެފިނަމަ އެންމެ ރަނގަޅަށް ތަހުގީގު ނުގެންދެވިދާނެކަމަށާއި ތަހުގީގުތައް އަވަސްކޮށް ތަހުގީގުން ބުނާގޮތެއް ރައްޔިތުންނާ ވަރަށް އަވަހަށް ހިއްސާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އިހުސާނު ވަނީ އެ މައްސަލާގައި ބަޔަކު އިހުމާލުވެފައިވާކަން ފާހަގަ ވެއްޖެނަމަ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން އެ ރަށު ރައްޔިތުންވަނީ ނަފްސާނީ ބިރުވެރިކަމެއް ރަށުތެރޭގައި އުފެދިފައިވާކަން ވެސް ފާހަގަކޮށްފައެވެ. ޚާއްސަކޮށް އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާތީ އެކަމުގައި ނަފްސާނީގޮތުން ރައްޔިތުން ބިރުގެންފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން އެކަމަށް ކަމާގުޅޭ މާހިރުން ލައްވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް އިހުސާން ވަނީ މިރޭ ވިދާޅުވެފައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ކައިރީ ހުރި ގުދަނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު