އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއް ނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީން ކަން އެ ކޮމިޝަނުން ދީފިއެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފައެވެ. ޖޭއެސްސީން ސަސްޕެންޑް ކޮށްފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަންގެ އަމަލެއް ކުރަމުންދާ ކަަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލާ އެ މައްސަލަ ތަހުގީގު ކުރުމަކީ އެ ކޮމިޝަންގެ މައްޗަށް އޮންނަ ޒިންމާއަކާއި ވާޖިބެއް ކަމަަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި އަދުލުގެ ނިޒާމުގައި ހިމެނޭ ގާނޫނުތަކާއި ގަވާއިދުތަކަށް ކޮމިޝަނުން މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެކަން ކަށަވަރުކޮށްދޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މި ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއް ނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." އޭސީސީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން