ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވެސް ބަލަންފަށައިފި އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައެވެ.
ސުއޫދާއި އަޒްމިރަލްދާގެ އިތުރުން މަހާޒުގެ މައްސަލައެއް ބަލާކަން އަންގައި ޖޭއެސްސީން މިއަދު ވަނީ އެބޭފުޅުންނަށް ނޯޓިސް ފޮނުވާފައެވެ. އެއީ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެކެވެ. އެގޮތުން އަޒްމިރަލްދާގެ ބަލަމުންދަނީ އޭނާގެ ފިރިމީހާ، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފްގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ކަމަށް އެނގިފައިވެއެވެ. އަދި ފަނޑިޔާރު ސުއޫދުގެ ބަލަނީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022 ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދައްކާފަައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން ފަނޑިޔާރު މަހާޒުގެ ބަލަމުންދަނީ ކޮންމެ މައްސަލައެއް ކަމެއް އެނގިފައެއް ނުވެއެވެ. މިމައްސަލަތަކާއި ބެހޭ ގޮތުން ޖޭއެސްސީން ރަސްމީކޮށް އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި އަޒްމިރަލްދާއާއި މަހާޒު އަލީ ޒާހިރުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިމިވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން، ގާނޫނުއަސާސީ އިސްލާހުކުރި ގޮތުގެ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލަން ފަށާފައި ވަނިކޮށް ކަން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު