އަހުޒަމް އަޙްމަދު   27 ފެބްރުއަރީ 2025 - 19:8
ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑެއް--
ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑެއް--
މި ފަހުން އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރޭތޯ ބަލަން މުޅި ރާއްޖޭގައި އިންސްޕެކްޝަަންތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ދުންފަތް ކޮންޓްރޯލް ކުުރުމުގެ އާ ގާނޫނުގެ ދަށުން މިދިޔަ ޑިސެމްްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާއިރު އޭގެ ފަހުން އެކުލަވާލި އެކި ގަވާއިދުތަކުން ވެސް ވަނީ ދުންފަތް ބޭނުންކުރުން ހުއްޓުވަން ހަރުކަށި އުސޫލުތަކަށް އަމަލުކުރަން ފަށައިފަ އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމަށް އަލަށް އަމަލުކުރަން ފެށި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމަށެވެ. އެހެންވެ ކަމާ ބެހޭ ތަންފީޒީ އިދާރާތައް ގުޅިގެން ރާއްޖޭގައި ހުރިހާ ހިސާބުތަކުގައި އިންސްޕެކްޝަންތައް ކުރިއަށް ގެންދަން ވެސް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ ފަރާތްތަކާއި ފިހާރަތަކާއި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނާއި އަދި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން