މިއަދު އާންމުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނިފައިވާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ލިބޭ ފްލެޓު ދޫކޮށްލައްވަން ނިންމަވައިފިއެވެ.

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރިއިރު ހައްގުނުވާ އެތައްބަޔަކަށް ފުލެޓު ދީފައިވާކަމަށްބުނެ ފުލެޓް ލިސްޓް މި ސަރުކާރުން ރިވިއުކުރުމަށްފަހު މިއަދު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓްގައި މިނިސްޓަރު ހައިދަރަށް ފުލެޓް ލިބޭގޮތަށް އޮތުމުން ގިނަބަޔަކު މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަނިކޮށް އޭނާ މިއަދު ވަނީ ބަޔާނެއް ނެރުއްވާފައެވެ.

އެންމެ ގިނަބަޔަކު ފާހަގަ ކޮށްފައިވަނީ މިނިސްޓަރު ހައިދަރަކީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވި ފަރާތަކަށްވުމުން 15 އަހަރު ވަންދެން މާލޭގައި ދިރިއުޅުނު މީހެއްގެ ޝަރުތު ފުރިހަމަ ނުވާނެކަމެވެ.

އެކަންކަމަށް އަލިއަޅުވާލާ ބަޔާނުގައި ވިދާޅުވެފައިވަނީ، މިނިސްޓަރުގެ އަނބިކަނބަލުން މަރިޔަމް ތައުފީގާއަށް ވުރެ ބޮޑަށް އެ ސްކީމުން ފްލެޓު ހައްގުވާ އެތައް އާއިލާއެއް ތިބޭނެކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އަދި މިވަގުތު ހުރި މަގާމުގެ ގޮތުން ވެސް ފުލެޓާއި ހަވާލުވާން އުޒުރުވެރިވާކަމަށެވެ.

އެހެންކަމުން އެ ސްކީމްގެ ދަށުން ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރައްވާކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން