ކުރިޔަށް އޮތް ރަމަޟާންމަހު ވެސް ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދާހިލީ ވުޒާރާއިން ބުނީ ރަމަޟާންމަހު ނޯތު ހާބަރު ސަރަހައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށްގެންދާނޭ ކަމަށެވެ. އެގޮތުން ވަޒީފާދޭފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ އެންމެހައި ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށްގެންދާނޭކަމަށެވެ.
މިކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރަމަޟާންމަހާއި ޝައްވާލްމަހުގެ ހަތް ވަނަ ދުވަހު ހެނދުނު ނުވައަކުން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 21:30 ފެށިގެން 23:30 ހަށެވެ. އަދި މިކަން ކުރިއަށްދާނީ ނޯތު ހާބަރުގައި ހުންނަ ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް ސަރަހައްދުގައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ދާހިލީ ވުޒާރާއިން ބިދޭސީންގެ ފިންގަރޕްރިންޓް އަދި ފޮޓޯ އަދާހަމަކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު އެ ވުޒާރާއިން ބުނީ "އޮޕަރޭޝަން ކުރަނގި"ގެ ތެރެއިން ކުރިއަށްގެންދާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި ފޮޓޯ އަދާހަމަކުރުމުގެ ކަންކަން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދާނޭ ކަމަށެވެ. އޭގެ ފަހުން އޮންނާނީ ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތެވެ.
މި ޕްރޮގްރާމް މުޅިން ނިންމާލެވޭނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 26،000 ބިދޭސީއެއްގެ މައުލޫމާތު ވަނީ ނަގައި ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު