މިދިޔަ ސަރުކާރުން ނެރުނު ފުލެޓް ލިސްޓާ ގުޅިފައިވާ ބޮޑެތި މައްސަލަތަކެއް ހައުސިންގ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ.
ކުރީ ސަރުކާރުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ފުލެޓްތައް ލިބޭ މީހުންގެ ލިސްޓް އަލުން މުރާޖާކޮށް މި ސަރުކާރުން މިއަދު ފުލެޓް ލިސްޓް އާންމުކޮށްފައިވާއިރު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ބަދަލުވިފަހުން 18 ނޮވެމްބަރު 2023 ގައިވެސް އޭރުގެ ފްލެޓް ކޮމިޓީގެ މެމްބަރުން ގެދޮރުވެރިޔާ ޕޯޓަލަށް އެކްސެސް ވެފައިވާކަން ހާމަވެފައިވާކަމަށެވެ.
އޭގެ އިތުރުން ވެސް އޮޅުވާލުމުގެ ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވަމުން މުއްތަލިބު ވިދާޅުވީ، އޭރުގެ ސަރުކާރުން ފްލެޓް ލިބޭ ކަމަށް ލިސްޓު އިއުލާނު ކުރުމާއިއެކު، ދެ ދުވަހުގެ ތެރޭގައި އެއް ސަފްހާގެ އެއްބަސްވުމެއް ހަދައި، ފްލެޓް ލިބޭ ކަމަށް ބުނި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި، ޕޯޓަލަށް ނުބައި ޑޮކިއުމެންޓު އަޕްލޯޑުކޮށްފައިވާ ބައެއް ފަރާތްތައްވެސް ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރުމަށްޓަކައި އަޕްލޯޑްކުރަންޖެހޭ ޑޮކިއުމެންޓްގެ ބަދަލުގައި އައިޑީކާޑުގެ އެއް ފުށް އަޕްލޯޑްކޮށްފައި ހުރި ފަރާތެއްވެސް މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުވާ ކަމަށް ބަލާފައި ފްލެޓް ލިބުނު ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ރަށްރަށުގައި ދައުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މާލޭގައި ވަޒީފާގައި އުޅޭކަމުގެ ލިޔުން ހުށަހަޅައިގެންވެސް ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިފަދަ އެތައް މައްސަލައެއް 3119 ފަރާތަކަށް ފްލެޓް ލިބޭ ކަމަށް ކުރީ ސަރުކާރުން އޮތީ ނިންމާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު