ސަލްޓަން ޕާކު ތަރައްޤީކުރާނީ ބޯލިންގ އެލީއަކާއި އެކުގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ އިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްރަނި ބަގީޗާ މިހާރު ހުރީ ވީރާނާވެފައި ކަމަށާއި އެތަން ބަލަހައްޓަން ޖެހޭ ގޮތަށް ބެލެހެއްޓިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެތަނާއި ސަރުކާރުން ހަވާލުވެފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ ސަލްޓަން ޕާކުގެ ނަމުގައި އަލުން އެތަން ތަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި އެތަން ތަރައްޤީވެގެންދާނީ ރާއްޖޭގެ އަމިއްލަވަންތަކަން ފެނިގެންދާނެ ގޮތަކަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސަލްޓަން ޕާކު ތަރައްޤީވެގެންދާނީ މިހާރުގެ ޅަ ދަރީންނަށާއި ޒުވާނުންނަށް ރާއްޖޭގެ ތާރީހާއި އަމިއްލަ ވަންތަކަމަށް ޝައުގުވެރިވާނެ ގޮތަކަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަލްޓަން ޕާކު ތަރައްޤީވެގެންދާއިރު ބޯލިންގ އެލީފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަން ހެދިގެންދާނެ ކަމަށެވެ. ކުރިޔަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަލްޓަން ޕާކް ތަރައްޤީ ވެގެންދާއިރު ކުޑަކުދިންނާއި އާއިލާތަކުން ހިތްގައިމު ކަމާއި އެކީގައި ވަގުތު ހޭދަކޮށްލެވޭނެ ތަފާތު ފީޗާސް ތައް އިތުރުކުރެވިގެންދާނެ، އޭގެ އިތުރުން ވެސް ބޯލިން އެލީ ފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަން ވެސް އިތުރުކުރެވިގެންދާނެ އަދި އިތުރު ފީޗާސްތައް ވެސް ހިމެނޭނެ،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު