ރޯދަ މަހު ވިޔަފާރިވެރިން މުދަލުގެ އަގު ކޮންޓްރޯލްކޮށް އުޚުރަވީ ހަޔާތުން ފައިދާ ހޯދަން މިއަދުގެ ހުތުބާގައި ގޮޥާލައިފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުން ކަމަށެވެ. އަދި ތަގުވާގެ އިތުރަށް، ރޯދަމަހަކީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއްކަން ވެސް މިއަދުގެ ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.
ތަގުވާގެ މާނައިގެ ތަފްސީލަށް ދަމުން ހުތުބާގައި ބުނީ ހެޔޮ އަމަލުކޮށް އެންމެހައި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށެވެ.
ހުތުބާގައި ބުނީ ރޯދަމަހަކީ މުސްލިމުންގެ ހުރިހައި އަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓާން ޖެހޭ މަސް ކަމަށެވެ. އެހެން ކަމުން މި މަހު ރަޙިމުގެ ގުޅުން ދެމަހައްޓައި ނިކަމެތީންނަށް އެހީވެ ނަމާދުކޮށް ގުރުއާން ކިޔަވައި ދަމު ނަމާދުކުރުން ފަދަ ކަންކަމުގައި މަސްއޫލުވުމަށް ހުތުބާގައި ގޮވާލައިފައި ވެއެވެ.
"ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެކެވެ. ހަމަ އެ ފަދައިން ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކޮށް، އުޚުރަވީ ޙަޔާތުން ފައިދާއާއި ނަފާ ލިބިގަންނާން މިއީ ރަނގަޅު ފޯވައްސެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ފާއިތުވި ދުވަސްތަކުގައި ފަރުވާކުޑަ ކުރެވުނު ކަންތައްތައް އިސްލާހުކޮށް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ހާސިލުކުރުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.
"ރަމަޟާން މަސް ފާއިތުވުމުގެ ކުރީން، އެ މަހުން ފައިދާ ހާސިލު ނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެއެވެ." ހުތުބާގައި އިތުރަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު