އެއްވެސް ގޮތަކަށް ރަޝިޔާއާ ދެކޮޅު ނޫން ކަމަށާއި ރާއްޖެއިން ބޭނުންވަނީ ސުލްހަ ގާއިމުކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރަޝިޔާއާއި ޔުކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އދ. ގައި ނެގި ވޯޓެއްގައި ޔުކްރެއިނަށް ތާއީދުކޮށް ރާއްޖެއިން ވޯޓު ދިނުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން އެކަމަށް ފާޑުވިދާޅުވުމާއި ގުޅިގެންނެެވެ.
އެކަމަށް ރައްދު ދެއްވައި ސަފީރު ލިވަން އެސް ޖަގަރްޔަން އެކްސްގައި ވިދާޅުވީ، ޔޫކްރޭނާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދިނުމަކީ ފަހުރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. ރާއްޖޭގެ ރަށްތަކުގައި ޗުއްޓީ ހޭދަކުރުމަށް ގިނައިން އަންނަނީ ރަޝިއާގެ ފަތުރުވެރިން ކަމަށާއި ޔުކްރެއިން ފަތުރުވެރިން ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ.
ރަޝިޔާގެ ސަފީރުގެ ވާހަކަތަކާއި ގުޅިގެން މައާފަށް އެދިވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގައި ޔޫކްރެއިންގައި ފުރިހަމަ، އިންސާފުވެރި، އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ތާއީދުކުރައްވައި ވޯޓު ދެއްވުމުން، ދިވެހި ސަރުކާރަށް އެ މަނިކުފާނު ވަރަށް ބޮޑަށް ތައުރީފުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، އެއީ އެއްވެސް ގޮތަކުން ރަޝިޔާއާ ދެކޮޅަށް ނެގި ސިޔާސަތެއް ނޫންކަމުގެ ޔަގީންކަން އަރުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ހަލުވިކަމާ އެކު ބަދަލުވަމުންދާ ޖިއޯޕޮލިޓިކްސްގެ ތެރެއަށް ވަންނަން ރާއްޖެއިން ބޭނުން ނޫން ކަމަށެވެ. ރައީސް ނަަޝީދު ވިދާޅުވީ، ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރަޝިޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ނަަޝީދު ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ނަޝީދުގެ އެ ޕޯސްޓަށް ޖަވާބުދެއްވައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ. ރާއްޖެ ހިމެނޭ ގޮތަށް ކޮންމެ ގައުމެއްގެ ވެސް ސައިޒަށް ބެލުމެއް ނެތި ރަޝިއާއިން އިހުތިރާމް ކުރާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޔުކްރެއިން، ޣައްޒާ، ސީރިއާ ފަދަ ހުރިހާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެނައުމަށް އެ ގައުމުން ވެސް ތާއީދުކުރައްވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު