ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާތީ ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށްތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވަރަށް ވިއްސާރައެވެ. މާލެ ސަރަހައްދަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ވެސް މިއަދު ނެރުނެވެެ. ކަލަންޑަރުގައި ވާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށްވާނީ މާދަމާއެވެ.
ވިއްސާރަ ނިމި މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ އަންނަ ހޯމަ ދުވަހަށެވެ. އެއީ، ކަލަންޑަރުގައި ވާގޮތުން ނަމަ ރޯދަ މަހުގެ ތިންވަނަ ދުވަސް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު