ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށްއެދި ހައިކޯޓަށް މައްސަލައެއް ވައްދާފައިވާކަމަށް އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އޭނާ އެކްސްގައި މިރޭ ވިދާޅުވީ، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުންކަމަށެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިޔަސް، ރައްޔިތުންގެ ހައްގުތަކެއް ގެއްލޭނެ ކަމަށާއި އޭރުން ގާނޫނުއަސާސީގެ ބާރު ކެނޑުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ސުޕްރީމް ކޯޓު ހިންގޭނެގޮތެއް މުހިންމުކަން ފާހަގަ ކުރައްވަމުން އިބުރާ ވަނީ ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ. ނަމަވެސް، އެ މައްސަލައިގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.
އިބުރާގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، އޭނާ ގަބޫލު ކުރައްވަނީ ހައިކޯޓުގެ ފަނޑިޔާރުން ވެސް ގާނޫނުއަސާސީ ހިމާޔަތް ކުރައްވާނެ ކަމަށް ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑު ކޮށްފައެވެ.
އެ ތިން ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން ޖޭއެސްސީން ބުނީ އެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އޭސީސީން ޖޭއެސްސީއަށް ސިޓީއަކުން އަންގައިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު