ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ރޭމް) އަށް ދުނިޔޭގެ އޮޓޯ މޮބައިލް ފެޑެރޭޝަންގެ މެންބަރުކަން ލިބިއްޖެއެވެ.
ރޭމް އިން ބުނީ ދުނިޔޭގެ އެސޯސިއޭޝަންގެ މެންބަރުކަން އެ ޖަމިއްޔާ އަށް ލިބުނީ މިދިޔަ އަހަރުގެ ޑިސެންބަރު 13 ގައި ރުވާންޑާގައި އޮތް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޮޓޯ-މޮބައިލް (އެފްއައިއޭ) ގެ އަހަރީ އާންމު ޖަލްސާގައި ނެގި ވޯޓަކުން ކަމަށެވެ.
ޒުވާނުންގެ މެދުގައި މަގުބޫލު ރޭމް ދުނިޔޭގެ ފެޑެރޭޝަނުގައި ހިމެނިގެން ދިޔައިރު އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިލް ވިދާޅުވީ އެފްއައިއޭގެ މެންބަރަށް ރާއްޖެވުމަކީ ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް، ހުޅުވުނު އާ ދޮރެއް ކަމަށެވެ.
އެފްއައިއޭގެ މެންބަރުކަން ލިބުމުން ރޭމް އަށް ކުރިން ނުލިބޭ ވަސީލަތްތަކުގެ މުއްސަނދިކަމާއި، ތަޖުރިބާ އާއި ބައިނަލްއަގްވާމީ ރިކޮގްނިޝަން ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ރައްކާތެރިކަން އިތުރު ކުރުމަށް، ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ މިންގަނޑާއި، އެންމެ ރަނގަޅު އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގައި ބާއްވާ މޮޓޯ ސްޕޯޓްސް އިވެންޓްތަކުގައި ބައިވެރިވާ މީހުންނަށް އެންމެ ފުރިހަމައަށް ރައްކާތެރިކަން ވެސް ފޯރުކޮށްދޭނެ އެވެ.
މިކަމާ ގުޅިގެން ޝާމިލް އިތުރަށް ވިދާޅުވީ އެފްއައިއޭގެ ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރޭމް އަށް ދެން ލިބޭނެ ކަމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު