އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުން ކޮށްއުޅޭ ސުވާލެކެވެ. މިވެނި ކަމަަކަށް ކޮށްލާނެ ދުޢާއެއް ލިބިދާނެތޯއެވެ.
މިސާލަކަށް ފިލާވަޅު ފަސޭއިން ދަސްވުމަށް ކުރާނެ ދުޢާއެއް، ނުވަތަ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރާނެ ދުޢާއެއް، ނުވަތަ ކުރިމަތިވާ ދަތިކަމަކުން އަރައިގަތުމަށް ކުރާނެ ދުޢާއެއް މިގޮތަށް އެކި ކަންކަމުގައި ކުރާނެ ދުޢާ ހޯދުމަށް ވަރަށް ގިނަ މީހުން ސުވާލު ކުރެއެވެ.
އެއްގޮތަކުން ބަލާއިރު މިއީ ޙަޤީޤަތުގައި ވަރަށް ރަނގަޅު ސިފައެކެވެ. ގިނަގިނައިން ދުޢާކުރުމާއި ދުޢާ ކުރަން ލޯބި ކުރުމަކީ އީމާންކަން އިތުރުވާނެ ކަމަށެވެ. އަދި އޭގެން ދައްކުވައިދެނީ ހެއްދެވި ފަރާތާމެދު އެމީހެއްގެ ހިތުގައި އޮންނަ ޔަޤީން ކަމާއި އުންމީދެވެ. އަދި އެއީ މުސްލިމުން ކަންތައްތައް ކުރަން ޖެހޭނެ ގޮތްވެސް މެއެވެ.
އެހެން ނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ޢަރަބި ބަހުން ދުޢާ ކުރުމަކީ ދުޢާ އިޖާބަވުމުގެ ޝަރުތެއް ނޫންކަމެވެ. ބޭނުންވާ ކަމަކަށް ކޮންމެ ބަހަކުން ވެސް ދުޢާ ކުރެވޭނެއެވެ.
މިސާލަކަށް "ޔާ ﷲ، މި އަޅާގެ އިމްތިޙާނު ފަސޭހަ ކޮށްދެއްވާށި!" ނުވަތަ "ޔާ ﷲ، މިއަޅާއަށް ކުރިމަތިވެފައި މިވާ ތަކްލީފުން އަރައިގަތުމުގައި ތައުފީގު ދެއްވާށި!" މިފަދަ ގޮތަކަށެވެ.
ޙަޤީޤަތުގައި ތިމާއަށް މާނަ ނޭނގޭ ބަހަކުން (ޢަރަބި ބަހުން) ދުޢާ ކުރުމަށްވުރެ އަމިއްލަ ބަހުން ދުޢާ ކުރާނަމަ އެ ދުޢާގައި މާ ބޮޑަށް އިޚްލާޞްތެރިވެ ތެދުވެރި ވެވޭނެއެވެ. ދުޢާގައި އެންމެ މުހިއްމީ ދުޢާ ކުރާ ބަހުރުވައާއި އޭގެ ލަފުޒުތަކުގެ ފަށުވިކަމެއް ނޫނެވެ. އެކަމަކު އެ ދުޢާ ކުރާ މީހާގެ ހިތުގެ ތެދުވެރިކަމާއި ޚާލިޞްކަމާއި ޔަޤީންކަމެވެ. ތިމާގެ ދުޢާގެ ތެދުވެރިކަން މާތްالله ދެނެވޮޑިގެންވެއެވެ.
އެއްފަހަރަކު މީހަކު ވަރަށް ހަނި މަގަކުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް ފާޅުވީ ހަރުފައެކެވެ. އޭނާއަށް އޭގެ ކިބައިން ސަލާމަތް ވާނެ ގޮތެއް ނޭނގުނެވެ. އެންމެފަހުން އޭގެ ކިބައިން ސަލާމަތް ކޮށްދެއްވުމަށް އެދި އޭނާ މާތް ﷲ އަށް ދުޢާ ކުރިއެވެ. ހާސްވެފައި ހުރި މިންވަރުން ދުޢާ ކުރާނެ ޢިބާރާތަކަާ މެދު މާ ބޮޑަކަށް ނުވިސްނުނެވެ. އޭނާއަށް ކުރެވުނު ދުޢާ އަކީ:
"اللَّهُمُّ أَنْتَ أَنْتَ، وَأَنَا أَنَا، وَلَوْلَا أَنْتَ لَمَا خُلِقْتُ أَنَا"
މި ދުޢާގެ މާނަައަކީ: "ޔާ ﷲ! އިބަ ﷲ އީ ހަމަ އިބަ ﷲ އެވެ. އަދި މި އަޅާ އަކީ ހަމަ މި އަޅާއެވެ. އިބަ ﷲ އިރާދަ ނުކުރެއްވި ނަމަ މި އަޅާ ވުޖޫދުގައި ނުވީހެވެ."
މި ދުޢާ ކުރުމުން އޭނާ އެ ހަރުފައިގެ ކިބައިން ސަލާމްވިއެވެ.
އޭގެ ދުވަސްތަކެއް ފަހުން އެހެން މީހަކަށް ވެސް ހަމަ މި ގޮތަށް ހަރުފައަކާ ދިމާވެގެން މި ދުޢާ ކުރިއެވެ. އެހެންނަމަވެސް އެފަހަރު އެ މީހާއަށް އެ ދުޢާގެ އަސަރެއް ނުކުރިއެވެ.
ސަބަބަކީތޯއެވެ. ފުރަތަމަ މީހާ އެ ދުޢާއެއް ކޮށްގެން ސަލާމަތްވި ދުޢާ، ދެވަނަ މީހާ ކުރި ކަމުގައި ވިޔަސް، ދެވަނަ މީހާގެ ހިތުގައި، ފުރަތަމަ މީހާގެ ހިތުގައި އޮތް މިންވަރަށް މާތް ﷲ ދުޢާ އިޖާބަކުރައްވާނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ.
އެހެންކަމުން އަޅުގަނޑުމެން ދެނެގަންނަންވީ ކަމަކީ ދުޢާ އިޖާބާވަނީ ދުޢާގެ އިބާރާތް ފަށުވި ކުރުމުން، ނުވަތަ ވަކި ބަހަކުން ކުރުމުން ނޫން ކަމެވެ. އެކަމަކު ދުޢާކުރާ މީހާގެ ހިތުގައި މާތް ﷲ އާ މެދު އޮންނަ ޔަޤީން ކަމެއްގެ ސަބަބުން ކަމެވެ.
މަސްދަރު: ޢިލްމީ މޭވާ

ކިޔުންތެރިންގެ ހިޔާލު