ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއަރ "އައިޓީބީ ބާލިން" ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ޖަރުމަނުވިލާތަށް މިރޭ ފުރާވަޑައިގެންފިއެވެ.

މިއަހަރުގެ އައިޓީބީ ފެއަރ ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ހަޔަކަށް ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ހުންނަ ބާލިން އެކްސްޕޯސިޓީ ސެންޓަރުގައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓަރު ތާރިޤްގެ މި ދަތުރުފުޅުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންޑަސްޓްރީ ޕާޓްނަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.



އައިޓީބީ ފެއަރއަކީ ރާއްޖެއިން ކޮންމެ އަހަރަކު ވަރަށް ބޮޑަށް ތައްޔާރުވާ ފެއަރ އެެއް ކަން ފާހަގަކުރެވެއެވެ. އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރްސީ އިސްވެ އޮވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު މި ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރެއެވެެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ފެއަރގައިވެސް ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން