އެމެރިކާގެ 250 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ރަސްމީ ބަހެއްގެ ގޮތުގައި ވަކި ބަހެއް ކަނޑައަޅައިފިއެވެ.
މީގެ ފަހުން އެމެރިކާގައި ރަސްމީ ބަހެއްގެ ގޮތުގައި ބޭނުންކުރާނީ އިނގިރޭސީ ބަސް ކަމަށް ކަނޑައަޅައި، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަރާރެއްގައި ސޮއިކުރައްވައިފައެވެ.
ރައީސް ޓްރަމްޕްގެ މި ގަރާރުގެ ދަށުން މީގެ ފަހުން އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަަތްތަކުގެ އިތުރުން ހުރިހާ ބާވަތެއްގެ ލިޔެކިޔުމުގައިވެސް ބޭނުންކުރަން ޖެހޭނީ އިނގިރޭސި ބަސްކަމުގައި ވަނީ ކަނޑައަޅާފައެވެ.
މި ގަރާރުގެ ދަށުން އެ ގައުމުގައި ރަސްމީ ބަހެއް ހިމަނައި ހުރިހާ ފަރާތްތަކުން ބޭނުންކުރަން ފެށުމުން ގިނަ ގޮތްގޮތުން ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ޓްރަމްްޕް ވަނީ އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
ޓްރަމްޕްގެ މި ޤަރާރުގެ ސަބަބުން އެމެރިކާގެ ތާރީހުގައި އާ ކަމެއް ލިޔެވި، ރަސްމީ ބަހެއް ކަނޑައެޅުނީ ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ ބޯހިމެނުމާ ބެހޭ އިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އެ ގައުމުގެ އާބާދީގެ 340 މިލިއަން މީހުންގެ ތެރެއިން 68 މިލިއަން މީހުން ބޭނުން ކުރަނީ އިނގިރޭސި ނޫން ބަސްތަކެވެ.

ކިޔުންތެރިންގެ ހިޔާލު