މި އަހަރުގެ ޖެނުއަރީ މަހު އަމަލު ކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ޑިއުޓީ ނުދައްކައި ސިނގިރޭޓާއި ދުންފަތް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އިކޮނިމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބުގައެވެ. އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މައާފެއް ނުވާނެ ކަމަށެވެ. ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އިކޮންމިކް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖެއިން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ 70 އިންސައްތަ ބާވަތުން ޑިއުޓީ މައާފުވެގެންދާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުކޮށް ޗައިނާއިން ރާއްޖެއަށް އެތެރެކުރާ 90 އިންސައްތަ ތަކެތީގެ ޑިއުޓީ މައާފުވެގެން ދާނެ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު