ގއ. ކޮލަމާފުށި މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން. ފޮޓޯ: އާރްޑީސީ
ގއ. ކޮލަމާފުށި މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން. ފޮޓޯ: އާރްޑީސީ
ރާއްޖޭގެ ދެކުނުގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން މިހާރު ދަނީ ދެކުނުގެ 6 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަޝްރޫޢުތައް ހިންގަމުން ދަނީ ތ. ތިމަރަފުށި، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި ފޭސް 2، ލ. ގަން ފޭސް 2، ގދ. ގައްދޫ އަދި ގދ. ތިނަދޫ ފޭސް ދޭއް ގައެވެ.

މި މަޝްޜޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެކްސްގައި ކުރި ޕޯސްޓެއްގައި އާރްޑީސީން ވަނީ ދެކުނުގެ ތިން ރަށެއްގައި މިހާރު ކުރިއަށް ދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެ ކުންފުނިން ވަނީ ތ. ތިމަރަފުށި، ގއ. ކޮލަމާފުށި، އަދި ގއ. ވިލިނގިލި ފޭސް 2 ގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކޮށްފައެވެ.



ތަރައްގީއަށް ކުރެވެމުންދާ މި މަސައްކަތްތަކުގެ ތެރެއިން ތިމަރަފުށީގައި ކުރިއަށް ގެންދަނީ އެރަށު ބީޗް މަގުގައި މަގުބައްތި ޖެހުމުގެ މަސައްކަތާއި، ހަމަ އެ މަގުގައި ކޭބަލް ޖަންކްޝަން މަތިގަނޑު ބަދަލު ކުރުމުގެ މަސައްކަތެވެ.

އަދި ވިލިނގިލީ ފޭސް ދޭއްގައި ކުރިއަށް ދަނީ މޫސާ މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ބަރާސީލު މަގުގައި ދުވާރުގެ މަސައްކަތެވެ.

އެކުންފުނިން ކޮލަމާފުށީގައި ކުރިއަށް ގެންދަނީ އަމީނީ މަގުގައި ދުވާރުގެ މަސައްކަތާއި، އެރަށު ޗާނދަނީ މަގުގައި މަގު އެއްވަރު ކުރުމުގެ މަސައްކަތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން