ސައުދި އަރަބިއްޔާއިން އަނެއްކާވެސް ދިވެހިރާއްޖެއަށް ހަދިޔާގެ ގޮތުގައި ކަދުރު ދީފިއެވެ.
އެގޮތުން މިފަހަރު ސައުދި އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ ދިހަ ޓަނުގެ ކަދުރެވެ.
މީގެ ކުރިންވެސް އެ ގައުމުން ރާއްޖެއަށް ކަދުރު ހަދިޔާށްފައިވާއިރު އެންމެ ފަހުން އެގައުމުން ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ. ސައުދީން ހަދިޔާ ކުރި ކަދުރު ރާއްޖޭގެ ރަށްތަކަށް ބެހުމުގެ ކަންކަން ސަރުކާރުން ވަނީ ކޮށްފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ، ސައުދީން ހަދިޔާ ކުރި މި ކަދުރު ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިއްޔެ އެ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކަަމަށެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ވެރިން ބައިވެރިވެވަަޑައިގެންނެވި މި ހަރަކާތުންވެސް ދެ ގައުމުގެ ގުޅުން ބަދަހިކަން ދައްކުވައިދޭކަން ފާހަގަކޮށްލަން ޖެހެއެވެ.
ސައުދީން ދެވަނަ ފަހަރަށް ރާއްޖެއަށް ކަދުރު ހަދިޔާކުރުމާ ގުޅިގެން ވަޒީރު ޝަހީމް ވިދާޅުވީ، ސައުދީގެ އިސްލާމީ ވުޒާރާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރާކަން ފާހަގަ ކުރެވެއެވެ. އަދި ރާއްޖެ އާއި ސައުދީއަކީ ޒަމާންވީ ރަހްމަތްތެރި، އަދި ގުޅުން ބަދަހި ދެ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު