ކައިރީކައިރީގައި ދެ ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރޯދަމަހު ކޮންމެ ގޭބިސީއެއްގެ ކަރަންޓް ބިލުން މަދުވެގެން 10 އިންސައްތަ ޑިސްކައުންޓް ދޭން ސްޓެލްކޯއިން ވަނީ ނިންމާފައެވެ. ރޯދަމަހުގެ ބިލްތަކަށް ޑިސްކައުންޓު ދޭނީ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓަށް އެކަނި ކަމަށާއި އެގޮތުން އެމަހަށް ވަކިން ކަރަންޓް ރީޑިން ނަގާ ވަކި ބިލެއް ތައްޔާރުކުރާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެއާއެކު ކަރަންޓު ދެ ބިލެއް ކަސްޓަމަރުންނަށް މިހާރު ވަނީ ފޮނުވާފައެވެ.
އެކަމާ ގުޅިގެން ކަސްޓަމަރުންނަށް އަރާފައިވާ އޮޅުންތައް ސާފުކޮށްދެއްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއްކަމަށާއި އެ ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. ރޯދަމަހުގެ ބިލު ވަކިކުރަން ނިންމައި ފެބްރުއަރީމަހުގެ ބިލު ފޮނުވުމަކީ ކުންފުނީގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފައިދާއަށް ނިންމި ނިންމުމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
"ބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް." ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން ފަހުމީ ވިދާޅުވީ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއްވެސް ދީފައިކަމަށެވެ. ފެބްރުއަރީގެ މި ބިލު ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ އިތުރަށް ވިދާޅުވީ މީގެ ކުރިން ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށެވެ.
"އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު. މީގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑެލިވަރ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ," ފަހުމީ ޕޯސްޓުގައި ވިދާޅުވިއެވެ.
މި ރޯދަމަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމައި ރައީސް މުޢިއްޒު ވަނީ އެކަން އިއުލާން ކުރަށްވާފައެވެ. އެގޮތުން ކަރަންޓު ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވާއިރު ފެން ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން އެމްޑަބްލިޔުއެސްސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު