ނާސިފް--
ނާސިފް--
ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުން އަހުމަދު ނާސިފް ވަކިކޮށް ވެމްކޯގެ ޗެއާމަންގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އެކްސްގައި ބުނީ ނާސިފް ވެމްކޯގެ ޗެއާމަންގެ މަގާމަށް އައްޔަނުކުރީ މިއަދު ކަމަށެވެ.

ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ޕީސީބީއަކުން ނުބުނެ އެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ނާސިފް އައްޔަނުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ނާސިފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްޑީސީ އަދި ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

އަދި އޭގެ އިތުރުން އޭނާ ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން