އާބާދީ ބޮޑު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލު ނުގެނެވި ވަނިކޮށް ރަމަޟާން މަހުގައިވެސް އައްޑޫއިން ކަރަންޓުގެ ހިދުމަތް މެދުކަނޑަން ފަށައިފިއެވެ.
އައްޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ކޮމިއުނިޓީ ގުރޫޕުގައި ބުނީ އައްޑޫއަށް ކަރަންޓު ފޯރުކޮށްދޭ ޖެނެރޭޓަރުގެ ލޯޑު މަތިވަމުން ދާތީވެ، އެކަން މެނޭޖް ކުރުމަށްޓަކައި އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ.
އެހެންވެ މިއަދުގެ އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންކަން ފާހަގަ ކުރެވެއެވެ. މިކަމާ ގުޅިގެން އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މީގެ ކުރިން ފެނަކަ އިން ބުނީ ރޯދަ މަހަށް ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް އައްޑޫއަށް ޖެނެރޭޓަރެއްވެސް ގެނައިކަން ފާހަގަ ކުރެވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރޯދަ މަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލެއް ނުވާނެ ކަމަށެވެ. އަދި މާލެ އިން ގެނައި ޖަނަރޭޓަރުން ކަރަންޓް ދިން ނަމަވެސް ދެ ޖެނެރޭޓަރު މިވަގުތު ވެސް ސްޕެއާ ނުލިބި ހުއްޓިފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު